ނަންބަރު : (IUL)266-PD/266/2025/266
-
ހަމަވާ ތާރީޚް : 23 ނޮވެމްބަރ 2025

"ޑަބްލިޔު.ޑީ.ސީ އެކްސްޕޯ 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން 2025 ވަނަ އަހަރުގެ ޑިސެންބަރުމަހު، "ޑަބްލިޔު.ޑީ.ސީ އެކްސްޕޯ 2025" ގެ ނަމުގައި ކުޅުދުއްފުށީގެ މަސައްކަތްތެރިންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ޚާއްސަ މަޢުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޢުރަޒަކީ ކުޅުދުއްފުށީގެ މަސައްކަތްތެރިންނަށާއި އަމިއްލަ އުފެއްދުންތައް ތައްޔާރުކޮށް ވިޔަފާރިކުރައްވަމުން އަންނަ އަންހެން އަދި ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން، އެފަދަ މަސައްކަތްތަކާއި ވިޔަފާރިތައް މާރކެޓްކުރުމުގެ މަގު ފަހިކޮށްދީ، މިފަދަ އުފެއްދުންތައް އެއްތަނަކުން ދައްކާލެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެކެވެ.  

މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ އަދި ކުޅުދުއްފުށީގައި ދިރިއުޅުއްވާ ބޭފުޅުންގެ ތެރެއިން 30 އަންހެން ބޭފުޅަކަށާއި 10 ފިރިހެން ބޭފުޅަކަށެވެ. އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވާ ތަރުތީބުންނެވެ.

މިއެކްސްޕޯއާއިގުޅޭއިތުރުމަޢުލޫމާތުހިމެނޭއުޞޫލުމިއިޢުލާނާއިއެކުއެއްކަރުދާސްކުރެވިފައިވާނެވެ.

ވީމާ، މި އެކްސްޕޯގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ބޭފުޅުން 23 ނޮވެމްބަރު 2025 ގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އެކްސްޕޯގައި ރަޖިސްޓްރީވެލެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6527202  ނުވަތަ 6527201 އަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން ލިންކް:  ރެޖިސްޓްރޭޝަން- ޑަބްލިޔު.ޑީ.ސީއެކްސްޕޯ2025 Filloutform

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

All Rights Reserved (c) 2023

kulhudhuffushi city council