ނަންބަރު : (IUL)266-PD/266/2026/148
-
ހަމަވާ ތާރީޚް : 23 ޖުލައި 2026

"ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިއުލާނު ނަންބަރު (IUL)266-PD/266/2026/134 (09 ޖުލައި 2026) ބާތިލް ކުރެވިފައި

ރަޖިސްޓްރީކޮށްގެން ކުޅުދުއްފުށި ސިޓީގައި ހިންގާ ވިޔަފާރިތަކަށާއި  ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން 2026، ސެޕްޓެމްބަރު 30 އިން އޮކްޓޯބަރ 04 އަށް “ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" ގެ ނަމުގައި ބާޒާރެއް ބޭއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުންވަނީ ނިންމާފައެވެ.

ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވާ ތަރުތީބުންނެވެ.

މިބާޒާރުގެކަންކަންރާވާހިންގުމުގައިއަމަލުކުރާނެގޮތުގެއުޞޫލުމިއިޢުލާނާއިއެކުއާންމުކުރެވިފައިވާނެވެ.

ވީމާ، މި ބާޒާރުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ބޭފުޅުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބާޒާރުގައި ރަޖިސްޓްރީވެލެއްވުން އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ތަފްޞީލު މަޢުލޫމާތު ޙިއްސާކުރުމަށް ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުން ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6527202  ނުވަތަ 6527201 އަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން ލިންކް: https://forms.gle/ri8BrEY87NqXpbCJ9

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

All Rights Reserved (c) 2023

kulhudhuffushi city council